ads
ހޯދުނު ފައިސާ އާއި އެކު ފުލުހުން
ބޭންކުން 800000 ޑޮލަރު ފޭރުނު ތިން މީހުން ހައްޔަރުކޮށްފި
ސެންޓްރަލް ބޭންކުގެ އޮފިޝަލުން ކަމަށް ބުނެ އޮޅުވާލައިގެން ބަޔަކު އިންޑިއާގެ އޭޓީއެމްއަކަށް ގެންދިޔަ 800،000 ޑޮލަރު ފޭރުނު މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ބެންގަލޫރުގެ ފުލުހުން އިއްޔެ ބުނީ އެ މައްސަލަ ހައްލުކޮށް ވަގަށް ނެގި ފައިސާގެ ތެރެއިން 57.6 މިލިއަން ރުޕީސް ހޯދާފައިވާ ކަމަށެވެ.

ބެންގަލޫރު ޕޮލިސް ކޮމިޝަނަރު ސީމަންތު ކުމާރު ސިންގް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބާކީ ހުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިންހް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމުގަ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ފައިސާ ޓްރާންސްޕޯޓް ކުންފުނި، ސީއެމްއެސްގެ މުވައްޒަފަކާއި ސީއެމްއެސްގެ ކުރީގެ މުވައްޒަފެއްގެ އިތުރަށް ޕޮލިސް ކޮންސްޓަބަލް އަކު ހިމެނެ އެވެ.

އެ ވައްކަން ހިނގާފައި ވަނީ ބެންގަލޫރުގެ ލާލްބާގް ސަރަހައްދުގަ އެވެ.

ވައްކަން ކުރި މީހުން އުޅުނީ ރިޒާވް ބޭންކް އޮފް އިންޑިއާގެ އޮފިސަރުން ކަމަށް ހެދިގެންނެވެ. އެ މީހުންގެ ކާރު ހުއްޓުވީ އެހާ ބޮޑު އަދަދެއްގެ ލިޔެކިޔުންތައް ޗެކް ކުރަން ޖެހޭ ކަމަށް ބުނެ އެވެ.

އެ ވެހިކަލްގެ ކޭޝް ކަސްޓޯޑިއަން އާއި ދެ ސެކިއުރިޓީ ގާޑުން އެސްޔޫވީއަށް އެރުމަށް އެންގި އެވެ. އޭރު ގޭންގުގެ އެއް މެމްބަރަކު ވޭން ކޮންޓްރޯލް ކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ ގޭންގުން ވަނީ ވެހިކަލް ބަދަލުކޮށް، ފޭކް ލައިސަންސް ޕްލޭޓް ބޭނުންކޮށް، ސީސީޓީވީ ކަވަރޭޖް މަދު ތަންތަން ހިޔާރުކޮށް ފޮށިތައް ބަދަލުކޮށްފަ އެވެ.

އެ ވައްކަން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އެ އޮޕަރޭޝަންގައި ކަރްނާޓަކާ ސްޓޭޓާއި އަވަށްޓެރި ސްޓޭޓްތައް ކަމަށްވާ ކެރެލާ، ޓެމިލް ނާޑޫ، ތެލެންގާނާ، އަންދްރަ ޕްރަދޭޝް އަދި ގޯއާގައި 200އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވެ އެވެ.

ސީއެމްއެސްގެ ދައުރާއި ކޭޝް ޓްރާންސްފާ ގައިޑްލައިންތަކާ ހިލާފުވެދާނެ ކަމަށް ބެލެވޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް ސިންހް ވިދާޅުވި އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް