ads
އިމިގްރޭޝަން މުވައްޒަފުން ބިދޭސީއަކާ ސުވާލުކުރަނީ
އިލެކްޓްރޯނިކް ވިސާ ނިޒާމަށް އިމިގްރޭޝަނުން އަމަލުކުރަން ފަށައިފި
މޯލްޑިވްސް އިމިގްރޭޝަަނުން މި މަހުގެ 10 ވަނަ ދުވަހު އިފްތިތާހުކުރި އިލެކްޓްރޯނިކް ވިސާ ނިޒާމަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
Advertisement

ރާއްޖެއަކީ މިސަރަަހައްދުގައި އީ ވިސާގެ ހިދުމަތް ތައާރަފްކުރި ފުރަތަމަ ގައުމެވެ. އިމިގްރޭޝަނުން ބުނީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރެވޭ ވިސާއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް "އޮންލައިން" ކުރެވި، އީ-ވިސާގެ ހިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވިސާ ދޫކުރުމާ ގުޅޭ ހިދުމަތްތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުވައި ރާއްޖޭގައި މަސަައްކަތްކުރާ ބިދޭސީންގެ އީ-ވިސާގެ މުއްދަތު ބިނާވާނީ އެ މީހުންގެ ވޯކްޕާމިޓްގެ މުއްދަތަށެވެ.

މިއަދުން ފެށިގެން ރާއްޖެއަށް އެތެެރެވުމުވެ ހުއްދަ ދޭނީ ވެސް މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް މީހަކަށް ކަމަށާއި ރާއްޖޭން ފުރޭނީ ވެސް އީ-ވިސާ އޮވެގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިމުއްދަތުގެ ތެރޭގައި ވާކް ވިސާގެ މަރުހަލާ ފުރިހަމަނުކުރެވި ރާއްޖޭން ފުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ބިދޭސީއެއްގެ ވާކް ޕާމިޓްގައި ވެލިޑިޓީ އޮތްނަމަ އެފަދަ ބިދޭސީއަކަށް ރާއްޖޭން ފުރުމުގެ ހުއްދަދެވޭނެ އެވެ.

މިފަދަ ހާލަތްތަކުގައި ވާރކް ވީޒާގެ މަރުހަލާ ފުރިހަމަނުކޮށް ރާއްޖޭން ފުރައިގެން ދެވޭނީ ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި 01 ފަހަރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް