ads
މިއަދު އިސްތިއުފާދެއްވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް: ފައިސަލްގެ މައްސަލަތަކެއް އޭސީސީން ބަލަނީ - ފޮޓޯ: ހައިކޯޓު
ފައިސަލަށް މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ތުހުމަތު!
ހައި ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްއަށް ކުރެވޭ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ބަލަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
Advertisement

ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް ފައިސަލް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު އޭނާގެ ސްލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވެސް މިހާރު ދަނީ ބަލަމުންނެވެ.

އޭސީސީން މިރޭ ބުނި ގޮތުގައި ފައިސަލަށް ތުހުމަތުވާ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ފަނޑިޔާރު ކަމުން ފައިސަލް އިސްތިއުފާ ދެއްވިއިރު، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރަން މިދިޔަ އޭޕްރީލް މަހު ޖޭއެސްސީން ފާސްކުރި އެވެ. ނަމަވެސް، އެ ނިންމުމަށް އެެތައް މަހެއްވީއިރު ވެސް ރަސްމީކޮށް އޭނާއާ މަގާމު ހަވާލެއް ނުކުރެ އެވެ.

އެކަމަކު، ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވުމަށްފަހު އެ މަގާމުން ވެސް މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާގެ އިސްތިއުފާއާ އެކު ހައި ކޯޓު ހިންގުން ވަގުތީ ހަވާލުކުރީ އެ ކޯޓަށް އެންމެ ފަހުން އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ

ފައިސަލް މިއަދު މަގާމުން އިސްތިއުފާ ދެއްވިއިރު ހައި ކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ފަނޑިޔާރާ ގުޅޭ ސުލޫކީ މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ.

މީގެއިތުރުން ވެސް ހައިކޯޓުގެ އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ސަރުކާރުގެ ކޮންޓްރޯލު އޮތް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް