މެޓް އޮފީހުން ވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މިއީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ވަށައިގެން އެކި ވަރުގެ ކޮޅިގަނޑުތަކެއް އުޅޭކަމަށެވެ.
އެ އޮފީހުން ބުނީ މި ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި އޭގެ ފަހުން ބުދަ އަދި ބުރާސްފަތީގައިވެސް ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.