"ޝްވޭ ލިން ޔޯން" ކިޔާ އެ ބޯޓަކީ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްގެން ސިންގަޕޫރުގެ ކުންފުންޏަކުން ދުއްވާ ބޯޓެވެ. އެ ބޯޓު މިލަންދޫ ފަރަށް އެރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ތެރޭގައެވެ.
އީއާރްއޭ ބުނީ މި އުޅަނދު 19 އޮކްޓޫބަރު 2024 ގައި ފަރުމަތިން ފުންކޮށް ނަގާފައިވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 07 އަދި 08 ނޮވެންބަރު 2024 ގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު އެ އުޅަނދު ފަރަށް އެރި ސަރަޙައްދުގައި ޖޮއިންޓް ސާވޭއެއް ކޮށްފައިވާކަމަށެވެ.
މިގޮތުން، މި އުޅަނދު ފަރަށް އެރި ސަރަޙައްދު ބެލި ބެލުމުން އެ ފަރުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައިވާކަމަށް އެންވަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ ބުނެއެވެ.
މި ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް މިމަހުގެ 19 ވަނަ ދުވަހު އަންގާފައިވާނެކަމަށްވެސް އެންވަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ ބުނެއެވެ.