ads
އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް
އިހްލާސްތެރިއެއް ނެތް، އެ ބަޔަކު ބޭނުންވާ ގޮތަށް އެ ބަޔަކު ވެރިކަން ކުރީމާ ނިމުނީ: ސަލީމް
ވެރިކަަމަށް އައުމުން އެ ބަޔަކު ބޭނުންވާ ގޮތަށް އެ ބަޔަކު ކަން ކުރީމާ ނިމުނީކަމަށާއި އިހްލާސްތެރިކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ކޮންމެ ތަނަކަށް ވެސް އެއްވެވޭ ގޮތަށް ބަދަލުކުރަން، އެއްވެ އުޅުމުގެ ގާނޫނު އުވާލަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ 2016 ވަނަ އަހަރު އެއްވެ އުޅުމާ ބެހޭ ގާނޫނު ފާސްކުރިއިރުވެސް އެ ގާނޫނާއި ދެކޮޅު ހެއްދެވި ކަމަށެވެ. އަދި އެމްޑީޕީން މިދިޔަ ފަސް އަހަރުވެސް އެ ގާނޫނު އުވާނުލިކަން ސަލީމް ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން ކޮން ވާހަކައެއްތޯ މި ދައްކަނީ؟ ކޮންމެ ބައެއް ވެސް އެ ބައެއްގެ ބާރު ލިބުމާ އެކީގައި ގާނޫނުއަސާސީ ވެސް ފުރޮޅާލައި، ދެން ހުރި ތަނެއް ވެސް ދުއްވާލަނީ. މިއީ ނޫންތޯ މި ހަދާ އެއްޗަކީ؟" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކޮންމެ ބަޔަކުވެސް އެ ބަޔަކު ބޭނުންވާ ގޮތަށް ކަންކުރީމަ ނިމުނީކަމަށެވެ. ކޮންމެ ބަޔަކު ވެސް ވެރިކަން ނުލިބޭހާ ހިނދަކު މި ހުރިހާ ވާހަކައެއް ދައްކާ ހުރިހާ ސަކަރާތެއް ޖަހާނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ހަމަ ވެރިކަން ލިބުމާ އެކީގައި އެކަން އެ ދިޔައީކަމަށްވެސް ސަލީމް ވިދާޅުވިއެވެ. 

"ހަމަ ކޮންމެ ބަޔަކު ވެސް އެ ބައެއްގެ އަމިއްލަ އެދުމުގެ މައްޗަށް މި ވާހަކަދައްކަނީ. އެހެންވީމާ އެ ވާހަކަ ނުދައްކަމާ ހިނގާ. ނުދައްކާފައި، އެ ބަޔަކު ބޭނުންވާ ގޮތަށް އެ ބަޔަކު ކަން ކުރީމާ ނިމުނީނުން. ކީއްކުރަންތޯ މި ވާހަކަދައްކަނީ؟" ސަލީމް ވިދާޅުވިއެވެ.

ވެރިކަން ކުރާ ގޮތް ކަމުނުދާ ނަމަ ރައްޔިތުން އެ ވެރިކަމެއް ބަދަލުކުރާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް