ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމާ މެދު ގޮތެއް ނިންމަން ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތަކެވެ.
1- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
2- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ
3- އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
4- އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ
5- ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ
6- އަލް އުސްތާޒް އިބްރާހީމް އަފީފް، ގުލްބަހާރުގެ. ބ. ތުޅާދޫ
7- ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
8- ޝައުފާ އިބްރާހީމް އަކިރިވިލާ. ދ.މީދޫ
9- މުހައްމަދު ވަހީދު އަލީ. ދަފްތަރު ނަމްބަރު: ރ.ސ.4095
10- މުހައްމަދު އިމްތިސާލް އަހުމަދު. މއ. މަލުވިލާ އުތުރުބައި.
11- އާމިނަތު ޝާދިޔާ. މ.ޕިސްތާގެ
12- އިބްރާހީމް ޝަރީފް. ގ. އަލިޝާ
13- މުހައްމަދު އަމީން ޒާހިރު، ނީލާ. ސ.ހިތަދޫ
14- މުހައްމަދު އަބާން އިބްރާހީމް، ގ.އަންމޯލް
މި ނަންތައް ދިރާސާކޮށް މަޖިލީހަށް ފެންނަ ގޮތެއްގެ މަތީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ކަމަށް އައްޔަންކުރާނެ ފަސް ބޭފުޅެއްގެ ނަން ފާސްކޮށް ދެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ނަންތައް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.