ads
މަޖިލިސް ތަޅުން
ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ގާތު އަހަން މެމްބަރުން އެއް ބަހެއް ނުވި!
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރުމުން، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ފަހުކޮޅު ގާނޫނުއަސާސީއަށް ގެނައި ބަދަލު އެގޮތުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
Advertisement

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހަ ގަޑިއިރު ތެރޭ ގާނޫނުއަސާސީއަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނައި އިސްލާހާ އެކު، މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ، އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީއަކުން އެ މެންބަރު ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނެ އެވެ. އެގޮތަށް މެމްބަރުގެ ގޮނޑި ގެއްލެނީ އޭނާ އިންތިހާބުކުރި ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އެވެ.

ޕާޓީން ވަކިކުރާ ހާލަތުގައި، ވަގުތުން ގޮނޑި ގެއްލުމުގެ ބަދަލުގައި އޭގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން އަނެއްކާވެސް އިސްލާހެއް ހުށަހެޅުއްވީ މިމަހުގެ 16ގަ އެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އެ ބިލު ދިރާސާ ކުރަމުން ދަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

މި ބިލް މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާ ކުރުމަށްފަހު މިއަދު ވޯޓަށް އެހިއިރު، ފުނަދޫ ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު މަމްދޫހު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އޮތް މާއްދާ އުނިކުރަން ހުށަހަޅުއްވައިފަ އެވެ.

އެހެންވެ، އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ މާއްދާ އުނިކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ދެ މެމްބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ޕީއެންސީގެ 75 މެމްބަރުން ޕާޓީން "ވަކިވެދާނެ ކަމުގެ ބިރަށް" ނުވަތަ "ބޮޑެތި ވިޔަފާރިވެރިން އެ މެންބަރުންނަށް ރިޝްވަތު ދީގެން ޕާޓީ ބަދަލުކޮށްފާނެ ކަމަށް"' އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އޮތީ ހުއްޓިފަ އެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިިން ކުރިއަށް ގެންދިޔަ ނަމަވެސް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަދަލުވުމަށްފަހު އެ މައްސަލާގެ އަޑުއެހުންތައް މިހާތަނަށް ކުރިއަށް ނުގެންދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރުމުން، އެ މެންބަރެއްގެ ގޮނޑި ގެއްލުމުގެ ކުރިން ރައްޔިތުން ގާތު އެހުމަށް ޕީއެންސީގެ މެންބަރުން ދެކޮޅު ހެއްދެވިއިރު ރިކޯލް ވޯޓެއް ނަގާ އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭގޮތް ހަދަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ މޭ މަހު ވަނީ ވިދާޅުވެފަ އެވެ.

މިއަހަރު ގާނޫނު އަސާސީ ގެންނަވަން ނިންމާފައިވާ ބަދަލުތަކުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބީ މަގާމުތަކުގައި ތިބި ހުރިހާ އެންމެން އެ ދާއިރާއެއްގެ ރައްޔިތުން ބޭނުން ވެއްޖެނަމަ އިތުބާރު ނެތްކަމަށް ބަލާ ވަކިކިރަން ރީކޯލް ވޯޓެއް ނަގަން ބަދަލު ގެންނެވުމަށް ނިންމާފއިވާކަމަށެވެ. 

" ދެން ރިކޯލް ވޯޓެއް ނަގާ ވަކިކުރަން ފާސްވެއްޖެނަމަ އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފުކުރުން. ސޯ ދިސް އިންކުލޫޑް އޯލް އިލެކްޓެޑް ކައުންސިލާސް، އެމްޕީސް އެވެރިވަން ދެޓް އިޒް އިލެކްޓެޑް. " ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބީ ދާއިރާއަކަށް އައްޔަންކުރި މީހަކު އެ ދާއިރާއަކުން ވަކިކުރަން ބޭނުންވެއްޖެނަމަ އެ ދާއިރާއެއްގައި ރީކޯލް ވޯޓެެއް ނަގައިގެން އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ އެމީހެއް ގޮނޑި ގެއްލޭނެކަމަށެވެ. 

ގައުމުގެ ހުރިހާ ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމުގެ ގޮތުން މިހާރު ރައްޔިތުން މަޖިލިސް އެތުރިފައިވާ ގޮތް ބަދަލުކޮށް މަޖިލީހުގައި މަތިގެއެއް އަދި ތިރިގެ އެއް އުފެއްދުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން މިފަހުން ވަނީ ގޮވާލައިފަ އެވެ.

އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.

"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް