16 އަހަރުން މަތީގެ ހުރިހާ އަންހެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ މި ކޯސްގައި ހަތް ބެޗް އަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ އިރު މި ކޯހުގައި ޖުމްލަ 100 އަށް ވުރެން ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މި ކޯސްގައި ބައިވެރިވި ބައިވެރިންނައް ސެޓްފިކެޓް ދިނުމުގެ ހަފްލާ ސަރަފުވެރި ކޮށްދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އެވެ.
މި ކޯހުގެ ބައިވެރިންނައް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާ އެވެ.
ސްޓެލްކޯއިން ހާމަ ކުރިގޮތުގައި މި ކޯހުގައި ކިޔަވާދީފައިވަނީ އެ ކުންފުނީ ތަޖުރިބާ ކާރުންނެ އެވެ.
އަންހެނުންނަށްޓަކާއި ބޭއްވި އިލެކްޓްރިޝަން ކޯސް ނިންމާލުމަށް ބޭއްވި ރަސްމީޔާތުގެ ތެރެއިން
ސްޓެލްކޯ އިން ހިންގަމުންދާ ތަމްރީން ޕްރޮގްރާމުތަކުގެ ތެރެއިން އިލެކްޓްރިކްޝަން ކޯސްތަކަކީ ވަރަށް ގިނަ ބަޔަކަށް އެމީހުންގެ ކެރިއާ ބިނާކުރުމަށް ލިބިފައިވާ ވަރަށް ރަނގަޅު ފުރުސަތެކެވެ.