ޕީއެސްއެމްގެ "ހަފުތާ 104" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޕާކިންް ބިލްޑިންތައް އަޅާ، މާލޭގެ ޕާކިންއާއި ވެހިކަލް މައްސަލަ ހައްލުކޮށްދިނުމަށް ހާއްސަ އިސްކަމެއްދޭ ކަމަށެވެ. އަދި މި މަސައްކަތަކީ ވަރަށް ބޮޑެތި ބިންތަކެއް ބޭނުންވާ މަސައްކަތެއް ކަމަށާއި ބޮޑެތި ހަރަދުތަކެއްވެސް ހިނގާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށްޓަކައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އަމީން ވަނީ ކުރިއަށް އޮތް މަސް ދުވަސްތެރޭ ކޮންޓްރެކްޓަރާ އެ މަސައްކަތް ހަވާލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުން ވަނީ، މާލެ ސަރަޙައްދުގައި ޖުމްލަ 7500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގ ބިލްޑިންތަކެއް އެޅުމަށް ނިންމާފަ އެވެ. އަދި އެޗްޑީސީއާއެކު އެ މަސައްކަތަށް އެއްބަސްވުމެއްވެސް ގާއިމުކުރިއެވެ. އެއީ، 15 އިމާރާތުގެ މަސައްކަތެވެ.
ޕާކިން ބިލްޑިންގެ ތެރޭގައި ވިޔަފާރި އުސޫލުން ދޫކުރާ ޕާކިންގ ސްލޮޓްތަކާއި، އާއްމު ހިދުމަތްތަކަށް ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ޕާކިންސްލޮޓްތައްވެސް ހިމެނޭނެ ކަމަށް އަމީން ވިދާޅުވި އެވެ.