ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ޓެކްނޮލޮޖީގެ ސަބަބުން ހެރޭސްމަންޓަށް ފުރުސަތު ބޮޑުވޭ
ޓެކްނޮލިޖީގެ ސަބަބުން އޮންލައިން ކޮށް ހެރޭސް ކުރުމަށް ލިބިގެންދާ ފުރުސަތު ބޮޑުވެގެން ދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement
އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފާހަގަ ކުރާ ދުވަހާއި ގުޅިގެން ރައީސް ސޯޝަލް މީޑިއާގެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކުވެސް ހުރިހާ ބާވަތެއްގެ އަނިޔާވެރިކަމުން ރައްކާތެރިކުރެވިފައިވާ ބައެއް ކަމުގައި ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުުރުމުގައި ފަސްނުޖެހި ކުރިޔަށް ދާނެ ކަމުގައި އެެވެ. 
"ޓެކްނޮލޮޖީގެ ތެރެއިން އަޅުގަނޑުމެންގެ ދިރިއުޅުން ގުޅިފައި ހުންނަ ވަރަކަށް އޮންލައިންކޮށް އުނދަގޫ ކުރުމާއި ގެއްލުން ދިނުމުގެ ނުރައްކާ ބޮޑުވެގެންދޭ" ރައީސް ޑރ.މުއިއްުޒު ވިދާޅުވި އެވެ
އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރާއި އެހެން މިނިވަން މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ރައީސް ވަނީ މި ޕޯސްޓުގައި ފާހަގަ ކުރައްވާފައި އެވެ.




އުފެދިގެން އަންނަ ޓެކްނޮލޮޖީތަކުން އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކޮށް އެ މީހުންނައް އިތުރަށް ހިތްވަރުދިނުމުގެ އިތުރުން އެމީހުންގެ ތަރައްގީގެ އިތުރުން ގައުމުގެ ކުރިއެރުވުމަށާއި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.

މި ދުވަހާ ގުޅިގެން އދ. އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވެ އެވެ. އަދި އަންހެނަކަށް ވީތީ މަރާ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުން ދަށްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް