ads
އުރީދޫން ޓްރެންޑުގައި ބައިވެރިވުމަށް އާންމުކުރި ބަޔާން
އުރީދޫވެސް އެޕޮލޮޖީ ޓްރެންޑްގައި ބައިވެރިވެއްޖެ
އުރީދޫވެސް ދުނިޔޭގެ ގިނަ ބްރޭންޑްތަކުން ބައިވެރިވާ "އެޕޮލޮޖީ ޓްރެންޑް" ގައި ބައިވެރިވެއްޖެ އެވެ.
Advertisement

އުރީދޫން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް ނުލިބުމުގެ ސަބަބުން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ. އެ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަން ރަންއަށް ލޯބިކުރާ މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މިއަހަރުވެސް އުރީދޫ ފަން ރަން އަށް އޮތް ލޯބި ވަރަށް ބޮޑު ކަމަށާއި މައާފަށް އެދުމުގެ ޓްރެންޑާއެކު ކަސްޓަމަރުންނާއެކު މަޖާކޮށް އެންގޭޖް ވެލާނެ މަގެއް ލިބިގެންދިޔަ ކަމަށެވެ.

"މިއަދު އޮންލައިންކޮށް ކުރިއަށްގެންދާ ފްލޭޝް ސޭލްގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިޔާޒް ވިދާޅުވިއެވެ.

އެ ބްރޭންޑުން ބުނީ އާންމުންގެ ޑިމާންޑަށް ބަލައި ފަން ރަން ކިޓްގެ ފްލޭޝް ސޭލް މިއަދު މެންދުރުފަހު 2:00 ގައި ފަށާނެ ކަމަށެވެ. 

އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި 5ކޭ އަށް އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކަށް އެއްތަނަކަށް އެއްކޮށްލައިގެން ބާއްވާ ފޯމް ޕާޓީތަކާއި، ކަލަރ ތްރޯތަކާއި، އިންފްލޭޓަބަލްސް އަދި ފެސްޓިވަލް ހަރަކާތްތައް ހިމެނޭ ހަރަކާތެކެވެ. 

"އޮފިޝަލް އެޕޮލޮޖީ ސްޓޭޓްމަންޓް" ޓްރެންޑުގައި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމަކީ އެ ކުންފުނިން ކްރިއޭޓިވް ޑިޖިޓަލް އެންގޭޖްމަންޓާއި މުޖުތަމައާ ގުޅުވާލައި، މަޖާކޮށް ކަސްޓަމަރުންނާއި މުއާމަލާތް ކުރުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް