ads
ކުރީގެ ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު
ފަޒުނާ އެދުނީ ސިޔާސީ ހިޔާލުތަފާތުވުން އާއިލީ ނުކުރަން!
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ސިޔާސީ ގޮތުން އުފެދިފައިވާ ދެބަސްވުމަކީ "އާއިލީ އަރާރުމެއް" ގެ ގޮތުގައި ސިފަކުރުމަކީ އެ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ފޭސްބުކްގައި ފަޒުނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ހިޔާލުތަފާތުވުމަކީ އާއިލީ އަރައިރުމެއްގެ ގޮތުގައި ސިފަކުރުމުން އެމްޑީޕީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ވެސް ހުރަސްއެޅޭ ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި ސިޔާސީގޮތުން އޮތް ދެބަސްވުމަކަށް އާއިލީ އަރައިރުން ކިޔުމަކީ ރައީސް ނަޝީދު އާއި ރައީސް ސޯލިހުއާ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެކެވެ. އަދި މިކަހަލަ ހަނި ވިސްނުންތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއް ވެސްމެ،" ފަޒުނާ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ފަޒްނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސްކޫލު ދައުރުގައި އުފެދޭ އެކުވެރިކަން ގިނަ ފަހަރަށް ބިނާވަނީ ޝައުގުވެރިކަން ހުންނަ އެއްކަހަލަ ކަންތައްތަކެއްގެ ސަބަބުން ކަމަށާއި ނަޝީދާއި އިބޫއަކީ ވެސް މަދަރުސީ ދަައުރުން ފެށިގެން ވެސް ދާދި އެއް ކަންތައްތަކަކަށް ޝައުގުވެރިކަން ހުންނެވި ދެ ބޭފުޅުން ކަމަށެވެ.

ފަޒްނާ ވިދާޅުވީ ދެ ބޭފުޅުންނަކީ ވެސް ފޮތް ވިދާޅުވާން ޝައުގުވެރިވާ ދެ ބޭފުޅުން ކަމަށާއި ނޫސްވެރިކަމާއި ލިޔުންތެރިކަމަކީ ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅޭތަން ބަލަންދިއުމާއި މިއުޒިކް އަޑުއެހުމާއި ރާޒުވާ ކުޅުމާއި ކަޅޫ ސައި ބުއިމަކީ ވެސް ދެ ބޭފުޅުން އެކުގައި ކުރެއްވި ކަންކަން ކަމަށެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީގެ ތެރޭގައި އޮތް ސިޔާސީ ހިޔާލުތަފާތުވުމުގެ ބަހުސް އަލުން ފެށިފައި މި ވަނީ އެ ޕާޓީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުންނެވެ. އޭނާގެ އިސްތިއުފާ ސިޓީގައި ވަނީ ދެ ރައީސުންގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ބައެއް ކަންކަން ހާމަކުރައްވައިފަ އެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި މުހިއްމީ ކަންކަން ހައްލުކުރުމުގެ ރޫހުގައި އިށީނދެ ޕާޓީ އާއި ޕާޓީގެ ލީޑަރުންނާއި ލީޑަޝިޕްގައި ހުރި އުނި ސިފަތަކުގެ ވާހަކަ ކެރިގެން އަޑުއަހައި އެ ކަންކަން ހައްލުކުރުމެވެ.

ލީޑަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމަކީ އެމްޑީޕީއަށް އައުކަމެއް ނޫން، ނަމަވެސް ސޯލިހު އާއި ނަޝީދުއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމަށް އާއިލީ އަރައިރުމެކޭ ކިޔުމަކީ ޒިންމާދާރުކަމެއް ނޫން" ފަޒުނާ ލިޔުއްވާފައިވެ އެވެ.

ކުރިން ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ ސޯލިހުއާއި ނަޝީދުގެ ގުޅުން ގޯސްވީ, ސޯލިހުގެ ވެރިކަން މެދަކާ ހިސާބަށް ވެސް ނުދަނީހެވެ. ނަޝީދަށް ވާދަ ނުކުރެއްވުމުން ބަދަލުގައި ނުކުންނަވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ސޯލިހުގެ ވެރިކަމުގައި މަޖިލިސް ރައީސްއަކަށް ހުންނަވައި ނަޝީދު ބޭނުންފުޅުވީ ނިޒާމު ބަދަލުކޮށް, ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާށެވެ.

ސޯލިހަށް ދެވަނަ ދައުރެއް ނުލިބުމުގެ އެންމެ ބޮޑު ބާރަކަށްވި އެއް ސަބަބަކީ ނަޝީދުގެ ތާއީދު އެ މަނިކުފާނަށް ނުލިބި، އެމްޑީޕީ ދެފަޅިވުމެވެ. ނަމަވެސް ނަޝީދު މިހާރު އަނެއްކާވެސް އަލުން އަނބުރާ އެމްޑީޕީއާ ގުޅިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް