ads
ގާސިމް އިބްރާހިމް
މިނިސްޓްރީ އެބަހުރި، އަތޮޅު ކައުންސިލް އުވާލުން ހަމަ ބަރާބަރު: ގާސިމް
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އުފައްދާފައިވާތީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ދަންނަވައިފިއެވެ.
Advertisement

އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލު ޕީއެންސީގެ މެޖޯރިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. 

މި ނިންމުމާއި ގުޅިގެން ގާސިމް އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ގާނޫން އަސާސީއަށް ގެނައި އިސްލާހަކީ ވަރަށް މުހިންމު އަދި އެހާމެ މުނާސަބު އިސްލާހެއް ކަމަށެވެ. އަދި 2011 ވަނަ އަހަރު ހިންގަން ފެށި ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާއިން ބަލާނަމަ އަތޮޅު ކައުންސިލަކީ، ކޮންމެހެން ރާއްޖޭގެ ހާލަތުގައި އޮންނަށް ޖެހޭ ލޭޔަރެއް އެއް ނޫންކަން ހާމަވެފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. 

މީގެއިތުރުން އަތޮޅު ކައުންސިލް އުވާލުމަކީ ރަށު ކައުންސިލްތަކުން ދޭ ހިދުމަތްތައް އަވަސްވެގެން ދާނެކަމެއްކަމަށާއި އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އުފެދިފައިވާތީ އަތޮޅު ކައުންސިލް އޮތުމަކީ މުހިއްމު ކަމެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ. 

" މިއަދުގެ ސަރުކާރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އުފައްދާފައިވާތީއާއި، އެ ވުޒާރާއިން ނުހަނު ޒިންމާދާރުކަމާއެކު، ލޯކަލް ގަވާމަންޓް އޮތޯރިޓީއަށާއި، ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، ރަށު ކައުންސިލްތަކުގެ، ނުވަތަ ސިޓީ ކައުންސިލްތަކުގެ ނިންމުންތަކުގައި އަތޮޅުކައުންސިލުގެ ދައުރެއް ޖުމުލަ ގޮތެއްގައި އޮތްކަމަކަށް ދެންނެވޭކަށް ނެތެވެ." ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ޤައުމުގެ ހިންގުން ހަރުދަނާކޮށް، އެފިޝެންސީ އިތުރުކޮށް، ހަރަދުކުޑަކޮށް ގައުމު ކުރިއަށް ގެންދިއުމަށް އަޅާ މިފަދަ ކޮންމެ ފިޔަވަޅަކަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ލިބޭނޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;