މަހުލޫފް ޖަޕާނު ސަފީރަކަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުވި އިރު މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާގަ އެވެ. އެ ސިޓީ މަޖިލީހަށް އިއްވުމަށް ފަހު އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މަހުލޫފް ވަނީ މި މަހުގެ 14 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.