ފަތުރުވެރިކަމާ ބެހޭ ގާނޫނަށް މި ބަދަކު ގެންނަން ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންއެވެ.
ގާނޫނަށް ހުށައެޅި އިސްލާހުގައި ބުނެފައިވަނީ ވަޒީރުންގެ މަޖލީހުން ފާސްކުރުމުން ކުންފުންޏަކަށް ރިޒޯޓް ހެދުމަށް ބިން ނުވަތަ ރަށެއް ދޫކުރެވޭނެއެވެ.
ކުންފުނިތަކަށް ރިޒޯޓް ހަދަން ބިން ދޫކުރަން ނިންމޭނެ ގޮތްތައް
ސަރުކާރުގެ ބުނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ކުންފުންޏަކަށް ޓުރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި ޓޫރިޒމް ޓރޭނިން ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށްދޫކރުމުގެ ނިޒާމެއް ތައާރަފުކޮށް، އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލު ގާނޫނުގައި ބަޔާންކުރުމަށާއި، ރިޒޯޓު ހެދުމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާއި އުސޫލު ގަނޫނުގައި ހިމަނާ ޓްރިޒމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ އަސާސީ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމުގެ އިތުރުން، ގާނޫނު ތަންފީކުރުން ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ އެނޫންވެސް އިސްލާހުތައް ގެނައުންކަމަށެވެ.
ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހުގައިވާ ގޮތުން ޔޮޓް ބަނދަރު ހިންގުމަށްވެސް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުންފުނިތަކަށް ދިނުމަށް ވަނީ ހިމަނާފައިވެއެވެ.