ads
ދޮން ބަންޑާރައިން ބޭނުންކުރެއްވި ކަނޑިކޮޅާއި އައްޑަނަ ދައްކުވައިދޭ ކުރެހުމެއް
ދޮން ބަންޑާރައިންގެ ފިލުމެއް ހަދައި ދޭނެ ބަޔަކު ހޯދަނީ
ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަން ސަގާފަތާއި ބެހޭ މިނިސްޓްރީން އިއުލާންކޮށްފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން، ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. 

މި މުބާރާތް ހުޅުވާލާނީ ދެ ގިންތިއަކަށް ބަހާލައިގެންކަމަށް މިނިސްޓްރީން ބުނެއެވެ. މި ދެ ގިންތީގެ އުފެއްދުންތައް އިންސާފުކުރުމާއި މާކުސް ދިނުމާއި ވަނަތައް ހޮވުން އޮންނާނީ މުޅީން ވަކިންކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މު ބާރާތުގައި ބައިވެރިވެވޭ ފުރަތަމަ ގިންތިއަކީ 21އަހަރާއި 21އަހަރުން ދަށެވެ. ދެވަނަ ގިންތިއަކީ 21އަހަރުން މައްޗެވެ. 

ތައްޔާރުކުރާ ވީޑިއޯ ކްލިޕްތަކުގެ ޖުމްލަ ދިގުމިން ނުވަތަ ކުރު ފިލްމެއްނަމަ ދިގުމިން ވާންވާނީ 10 މިނިޓް އާއި 15 މިނިޓަށް ފެތޭ އުފެއްދުމަކަށް ވާންޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

މުބާރާތުގައި ދޭ ފައިސާގެ އިނާމު 

  • 1ވަނަ އަށް ހޮވޭ ކުރުފިލްމު ނުވަތަ ވީޑިއޯ ކްލިޕް : 15,000 ރުފިޔާ
  • 2ވަނަ އަށް ހޮވޭ ކުރުފިލްމު ނުވަތަ ވީޑިއޯ ކްލިޕް : 10,000 ރުފިޔާ
  • 3ވަނަ އަށް ހޮވޭ ކުރުފިލްމު ނުވަތަ ވީޑިއޯ ކްލިޕް : 5,000 ރުފިޔާ 

ދޮންބަންޑާރައިންގެ ފިލުމު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 28 ވަނަދުވަހުގެ ދުވަހުގެ 14:00ގެ ކުރިން، [email protected] އީމެއިލަށް ލިންކެއް މެދުވެރިކޮށް ވީޑިއޯ ކްލިޕް ނުވަތަ ކުރު ފިލްމު ހުށަހަޅަންޖެހޭނެކަމަށް މިނިސްޓްރީން ބުނެެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް