މި އިމާރާތުގެ ބިންގާ އެޅުމަށް ހުުޅުމާލޭގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގްފު އިމާރާތުގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރުއާރުސީ) އާ އެވެ.
ދެ އަަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް އާރުސީސީއާ ހަވާލުކުރީ 244،508،842.00 މިލިއަން ރުފިޔާއެވެ. މި މަޝްރޫއު ނިންމުމަށްފަހު 5 އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މާލޭގައި އަޅާ ވަގުފު އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ އެ އިމާރާތުގެ ބިންގާ ޑރ ޝަހީމް އަޅުއްވާދެއްވަނީ
މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ވަގުފު އިިމާރާތުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އާރުސީސީ އާ އެވެ. އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 39،462،545.08 މިލިއަން ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫއުއެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.