ads
ހުސެއިން ފާއިޒް ރަޝާދު
ގާޒީ ފާުއިޒު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފިއެވެ.
Advertisement

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ފާއިޒް ވަނީ ސަސްޕެންޑް ކޮށްފައެވެ. 

ޖޭއެސްސީން މިއަދު ބުނީ  މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް ފާއިޒު އަމަލުކޮށްފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާކަމަށެވެ. 

ގާޒީ ފާއިޒް ރަޝާދުގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށެވެ. އެހެންކަމުން 

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން މިއަދު ނިންމާފޢިވާކަމަށް ޖޭއެސްސީން ބުނެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް