ads
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން
ސީޕީ ނަވީނާއި އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ފާސްކޮށްފި
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ހުށައަޅަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި މާލިއްޔަތު ކޮމިޓީން ބަލަމުން އައި ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު، ރިކޮމެންޑޭޝަންތަކަކާއެކު މިއަދުގެ ސިއްރު ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި، އެ ކޮމިޓީން ޕޮލްކޯގެ މައްސަލަ ބެލިއިރު، ލިބުނު ބައެއް މައުލޫމާތުތަކާ ގުޅިގެން، ޕޮލްކޯގެ މައްސަލައާ ނުގުޅޭ ބައެއް އެހެން މައްސަލަތައް ބަލަން އެންގުމާއި ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި ނަވީން ހިމެނޭހެން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ލަފާދިނުން ވެސް ހިމެނޭކަމަށް އެނގިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ފިޔަވަޅު އަޅަން ލަފާދޭން ކޮމިޓީން ފާސްކުރީ:

  • ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން
  • އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މޫސާ އަލީ
  • އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު އަބްދުއްރަހުމާން
  • އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް،، މުހައްމަދު ރަޝީދު (މޮންސި)
  • އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ބަޝީރު
  • އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު
  • ސުޕްރިޑެންޓް އޮފް ޕޮލިސް، އިސްމާއިލް ޝަމީމް އާދަމް

އޭގެތެރެއިން ދާއޫދު އާއި ޝަމީމްގެ މައްސަލަ ކޮމިޓީން ބެލީ ވިސްލްބްލޯވަރަކު ފޮނުވި ސިއްރު ސިޓީއަކާ ގުޅިގެން ކަމަށް ބުނެ އެވެ. ޝަމީމްއަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްގެ ހެޑް އެވެ.

އޭގެއިތުރުން ފުލުހުންގެ ކޮއްތު ފައިސާގެ ބަޖެޓު ވެސް ފުލުހުންނަށް ދިނުން ހުއްޓާލުމަށްފަހު، އެ ފައިސާ ވަކިވަކި ފުލުހުންނަށް ދިނުމަށް ވެސް މިއަދު ފާސްކުރި ރިޕޯޓުގައި ހިމަނާފައިވާ ކަމަށް އެނގިފައިވެ އެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ.

މާލިއްޔަތު ކޮމިޓީން އެކުލަވައިލި ސަބް ކޮމިޓީގެ މުގައްރަރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރިން ވިދާޅުވީ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލާގެ ތެރެއިން ދައުލަތުގެ މުދާ ގެއްލުމާ ގުޅިގެން އެ މުދާ ވެސް ރިކަވަރު ކުރުމަށް އޭސީސީގައި އެދިފައިވާނެ ކަމަށެވެ. އަދި ޕޮލްކޯ އާއި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް އަށް ވެސް ހާއްސަ އެންގުންތަކެއް އެ ކޮމިޓީން އަންގަން ނިންމާފައިވާ ކަމަށް ނާޒިމް ކުރިން ވިދާޅުވެފައި ވެ އެވެ. 

ކޮމެޓީން މިގޮތަށް ފާސްކުރީ މިއަދު އެ ކޮމެޓީން ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ.

އެނގިފައިވާ ގޮތުގައި، ނަވީނާއި އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ލަފާ ދެނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑާ ހިލާފަށް އަމަލު ކުރި ކަމުގެ ތުހުމަތުގަ އެވެ.

ނަވީނާ އެކު އިތުރު އޮފިސަރުންގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭތީކަމަށް އެނގިފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް