ads
އޭޑީކޭ ހޮސްޕިޓަލު
ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭއަށް
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއްގައި، ސްޓެލްކޯގެ މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފިހުނު މީހާ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
Advertisement

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގީ ސްވިޗުގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. ސްވިޗުގިއަރަކީ ގްރިޑުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. އެއީ އާންމު ގޭގެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބްރޭކަރު ފަދަ އެއްޗެކެވެ.

ސްޓެލްކޯއިން ބުނީ އެ ހާދިސާގައި ފިހުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާއަށް ލިބުުނު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު، އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ހަމަ މިއާ އެކު، މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް މި ކުންފުނިން މި ދަނީ ދެމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެ ކުންފުނިން ވަނީ އަނިޔާވި މީހާއާ ބެހޭ މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް އެދިފަ އެވެ. އަދި އެ މީހާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ކުރިއަށް އޮތް ވަގުތުތަކުގައި މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް