ads
ހއ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ދެ ރަށެއްގެ ސިއްހީ ހިދުމަތްތައް ފުޅާކުރަން ހަވާލުކޮށްފި
ހއ. ދިއްދޫގައި ހުންނަ އެެ އަތޮޅު، އަތޮޅު ހޮސްޕިޓަލާއި ރ. ދުވާފަރު ސިއްހީ މަރުކަޒުގައި އިތުރު ހިދުމަތްތައް ތައާރަފު ކުރުމަށް ބޭނުންވާ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

ހއ. އަތޮޅު ހޮސްޕިޓަލުގެ މަސައްކަތް 4.9 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް  އާއެވެ. މީގެ އިތުރުން ދުވާފަރު ސިއްހީ މަރުކަޒުގެ މަސައްކަތް 25.5 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި ދެމަޝްރޫއުގެ މަސައްކަތްވެސް ނިންމަން ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި އެވެ.

ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިދުމަތް އަޕްގްރޭޑްކުރުމަށް އެތައް މަޝްރޫއެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި އަންނަނީ ކުރަމުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް