އަލިފާން ރޯވެފައި ވަނީ ވަރަށް އުސް އިމާރާތެއްގައި ކަމުން އިމާރާތުގެ ތެރޭގައި އެތައް ބަޔަކު ތާށިވެފައި ތިބި ކަމަށް ޕަބްލިކް ބްރޯޑްކާސްޓަރު އާރުޓީއެޗްކޭއިން ބުނެ އެވެ.
ފުލުހުންނާ ހަވާލާދީ ވިއޮން ނޫހުން ބުނީ އެ ހާދިސާގައި ގިނަ ބަޔަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި އަލިފާން ނިއްވުމަށް މަސައްކަތްކުރި ބައެއް މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.
ރޮއިޓާސް ނޫހުން ބުނި ގޮތުގައި ފަޔާ ޑިޕާޓްމަންޓަށް އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހޮންގްކޮންގް ގަޑިން މިއަދު މެންދުރު 2:51 ހާއިރެވެ.
އިމާރާތުން އަލިފާން ނިއްވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަނީ.- ފޮޓޯ/އޭޕީ
ސިޓީގެ ލީޑަރު ޖޯން ލީ މިރޭ ވިދާޅުވި ގޮތުގައި މެންދުރު ފަހު ރޯވި އަލިފާން ނިއްވާނުލެވި އަދިވެސް ފެތުރެމުން ދާއިރު މިހާތަނަށް ވަނީ 36 މީހަކު މަރުވިކަން ކަށަވަރުވެފަ އެވެ.
ހޮންކޮންގްގެ ޓައިޕޯގައި ހިނގި ބޮޑު އަލިފާނުގެ މި ހާދިސާއަކީ ގިނަ ބަޔެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ހާލުގައި ޖެހުނު ހިތާމަވެރި ހާދިސާއެކެވެ. ސަލާމަތީ މަސައްކަތްތައް އަދިވެސް ކުރިއަށްދާއިރު، އިތުރު މީހުން ސަލާމަތްކުރުމަށާއި އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ކަމާބެހޭ ފަރާތްތަކުންދަނީ ހުއްޓުމެއްނެތި ގަދައަޅާ މަސައްކަތް ކުރަމުންނެވެ.
އިމާރާތުގައި އުޅުނު އެތައް ބަޔަކު މަރުވެފައި ވާއިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު މީހަކު ވެސް ވަނީ މަރުވެފަ އެވެ.