ads
އުރީދޫން އޮޓޯއިން ސިމް އެކްޓިވޭޓްކުރާ ނިޒާމު ގަތަރުގައި ދައްކާލުމުގެ ތެރެއިން
އުރީދޫން އޮޓޯއިން ސިމް އެކްޓިވޭޓްކުރާ ނިޒާމު ގަތަރުގައި ދައްކާލައިފި
އުރީދޫއިން ރާއްޖޭގައި ބޭނުންކުރަމުން އަންނަ އިލެކްޓްރޯނިކް ނޯ ޔުއާ ކަސްޓަމާރް ސިސްޓަމް ގަތަރުގައި ދައްކާލައިފި އެވެ.
Advertisement

އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޓް ކުރުމަށް މިހާރު ބޭނުން ކުރާ މި ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ކުރުމަށްޓަކާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކޮށްގެން ރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަނެއް ކަމަށް އުރީދޫ އިން ބުނެ އެވެ. 

މި ސިސްޓަމް ބޭނުންކޮށްގެން އައިޑީ މައުލޫމާތު ނަގައި ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. 

"ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލް. ގުދުރަތީ ރީތިކަމާ އެއްވަރަށް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށްދޭން އެބަޖެހޭ، އަޅުގަނޑުމެންގެ މިޝަންގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން." " އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ

މީގެ އިތުރުންވެސް މި ސިމް އިން އިތުރު ފަސޭހަތަކެއް ކަސްޓަމަރުންނައް ލިބިގެންދާނެ ކަމަށާއި އެ ގޮތުން ފާސްޓް އޮންބޯޑިން 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުވިގެން ގޮސްފައިވުމާއި އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުންމާއި  ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭ ކަމަށާއި ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވުން ހިމޭ ކަމަށް އުރީދޫން ބުނެ އެވެ. 

މީގެއިތުރުން  އޭއައި ބޭނުންކުރެވޭ މި ސިސްޓަމްގައި މަލްޓި ލޭޔާޑް ވެރިފިކޭޝަން ޕްރޮސެސްއެއް ހިމަނާފައިވާނެ ކަމަށާއި މެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގިގެން ދިއުމުގެ އިތުރުން އޭއައި އޯސީއާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރުމުގެ ފުރުސަތުވެސް ހުޅުވާލެވިގެން ދިއުމުގެ އިތުރުން އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކްތައް، ފޭސް ޓު އައިޑީ މެޗުކުރުން އާއި ޑޭޓާބޭސް ޗެކްކުރުން އަދޮ ކޮންފިޑެންސް ތްރެޝްހޯލްޑް އެޕްރޫވަލް ލިބުމާ އެކު ވަގުތުން ސިމް އެކްޓިވޭޓް ކުރުން ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް