ads
މަގުމަތީގައި ބާއްވާފައި އޮތް އުޅަނދެއް ފުލުހުން ނަގަނީ. ފޮޓޯ: ޕޮލިސް މީޑިއާ
ޖޫރިމަނާ ނުދައްކާ ނަމަ ވެހިކަލް ނީލަން ކިޔުމާއި ނައްތާލުމުގެ ބާރު ފުލުހުންނަށް ދޭން ބިލެއް
އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާ ފައިސާ ނުދައްކާނަމަ، އެ އުޅަނދެއް ނީލަން ކިޔުމުގެ ނުވަތަ ނައްތާލުމުގެ ބާރު ފުލުހުންނަށް ދިނުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އާ ބިލެއް ހުށަހަޅައިފި އެވެ.
Advertisement

މި ބަދަލުތައް ހިމަނާފައިވަނީ މިހާރު އަމަލުކުރަމުންދާ އެއްގަމު ދަތުރުފަތުރުގެ ގާނޫނު އުވާލައި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އާ ބިލުގަ އެވެ. މި ބިލު ގާނޫނަކަށް ވުމުން ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ އެވެ.

އަލަށް ހުށަހެޅި ބިލުގައިވާ ގޮތުން، ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ އަދަދު 5،000 ރުފިޔާއަށްވުރެ މައްޗަށް ހިނގައްޖެނަމަ، އެ ފައިސާ ދައްކައި ހަލާސްކުރަންދެން އެ އުޅަނދެއްގައި "ބޫޓް" އެޅުވުމުގެ ނުވަތަ ދުއްވުން މަނާކުރަން ފުރޮޅުގައި ހާއްސަ އާލާތެއް ހަރުކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި އުޅަނދުގައި ބޫޓް އަޅުވާތާ 72 ގަޑިއިރު ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ، އެ އުޅަނދެއް ޓޯކުރުމުގެ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އިހުތިޔާރު ވެސް ގާނޫނުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ޖޫރިމަނާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހިމަނާފައިވާ މުހިންމު ނުކުތާއެކެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދާ އޭގެ ވެރިފަރާތުން ހަވާލުނުވެ އެއް މަސް ދުވަސް ވެއްޖެނަމަ، އެކަން އާންމުކޮށް އިއުލާނު ކުރަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ގެޒެޓުގައި އިއުލާނު ކުރާތާ 60 ދުވަހުގެ ތެރޭގައި ވެސް ވެރިފަރާތުން އުޅަނދާ ހަވާލުނުވެއްޖެނަމަ، އެ އެއްޗެއް ނީލަން ކިޔުން ނުވަތަ ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިދެ އެވެ. މި ގާނޫނުގެ ދަށުން ނަގާ ޖޫރިމަނާތަކާއި އުޅަނދުތައް ނީލަން ކިޔައިގެން ލިބޭ އާމްދަނީ ޖަމާކުރަން ހަމަޖެހިފައިވަނީ ދައުލަތުގެ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް