ads
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ ތެރެއިން
ސީޕީ ނަވީން އޮސްޓްރޭލިއާގެ ސީޕީ އާއި ބައްދަލުކުރައްވައިފި
ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ކޮމިޝަނަރު ކްރިސީ ބެރެޓް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
Advertisement

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ ރާއްޖޭގެ ފުލުހުންގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ފާއިތުވި އަހަރުތަކުގައި އޭ.އެފް.ޕީ އިން ދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ހިދުމަތާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) އާ ދެމެދުގައި ގާއިމުވެފައިވާ ދިގު މުއްދަތުގެ މަސައްކަތުގެ ގުޅުމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ހުރި ގިނަ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. 

އެގޮތުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމާއި، ފައިނޭންޝިއަލް އެނަލިސިސް، ބޮޑެތި ކުށްތައް މެނޭޖުކުރުމާއި، ސައިބަރ ކުށްތައް ތަހުގީގުކުރުމާއި، ސަރަހައްދަށް އަމާޒުކޮށްގެން ހިންގާ ސްކޭމް ސިންޑިކޭޓްތައް ނައްތާލުމުގެ މަސައްކަތްތަކުގެ އިތުރުން ބައިނަލްއަގްވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ބޯޑަރުތައް ހުރަސްކޮށް ހަރަކާތްތެރިވާ ކުށްވެރި ޖަމާއަތްތަކުން ރާއްޖެއަށް ގަވާއިދާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކުރާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ސީޕީ ނަވީން ވަނީ ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުކުރުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ސަރަހައްދަށް ކުރިމަތިވަމުން އަންނަ ކުށްތަކުގެ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރުމުގައި އޭ.އެފް.ޕީ އާއި ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އޮތް ގުޅުން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. 

މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ސީޕީ ނަވީން އެވެ. އަދި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ކްރިސީ ބެރެޓް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް