ads
ހޮންކޮންގް
ހޮންކޮންގު ސިއްސުވާލި އަލިފާނުގެ ހާދިސާ: 44 މަރު، ތިން މީހަކު ހައްޔަރުކޮށްފި
ހޮންކޮންގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއަކާ ގުޅިގެން ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތްކުރާ ތިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
Advertisement

މި ހާދިސާގައި މިހާތަނަށް މަދުވެގެން 44 މީހުން މަރުވެފައިވާއިރު، މިއީ އެ ސިޓީގެ ފަހުގެ ތާރީހުގައި ހިނގި އެންމެ މީހުން މަރުވި އެއް ހާދިސާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން ފަށާފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު، ހޮންކޮންގުގެ އުތުރުގެ ސަބާބެއް ކަމަށްވާ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ ވޮންގް ފުކް ކޯޓް ކޮމްޕްލެކްސްގަ އެވެ. އެ ކޮމްޕްލެކްސްގައި ހިމެނޭ އަށް ޓަވަރުގެ ތެރެއިން ހަތް ޓަވަރަށް އަލިފާންގަނޑު ވަނީ ވަރަށް އަވަހަށް ފެތުރިފަ އެވެ. މިއަދު ހެނދުނުވެސް އެ އިމާރާތްތަކުން ބޯކޮށް ދުމުގެ އަސަރު ފެންނަމުންދިޔަ އެވެ.

ހޮންކޮންގުގެ ފަޔަ ސާވިސް އިން ދެ ވަނަ ދުވަހު ވެސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. އެ އިދާރާއިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތ އަލިފާން ފެތުރުނު ހަތް ޓަވަރުގެ ތެރެއިން ހަތަރު ޓަވަރުގެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފަ އެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތްވެސް އަދިވެސް ކުރިއަށް އެބަދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް