ކޮލިންސް މަރުވިކަން އޭނާގެ މަންމަ އާއި އޭނާގެ ބޭބެ ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އޭނާގެ މަންމަ ބުނީ ކޮލިންސް އަކީ ވަރަށް ހިތްހެޔޮ، އަދި އެއްވެސް މީހަކަށް ނުބައިކޮށް ނުހިތާނެ ކުއްޖެއް ކަމަށެވެ.
ކޮލިންސް އަކީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ފަރާތެކެވެ. ޓިކްޓޮކްގައި އޭނާއަށް ގާތްގަނޑަކަށް ހަތް މިލިއަން ފޮލޯވަރުން ތިބިއިރު، އޭނާގެ ވީޑިއޯތަކަށް 202 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ. މީގެ އިތުރުން އިންސްޓަގްރާމްގައި ވެސް އޭނާގެ 480،000 ފޮލޯވަރުން ތިބެއެވެ. ކޮލިންސް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ މަޖާ ރާގަކަށް އޭނާ ތައްޔާރުކުރާ ކާނާގެ ރިވިއުތަކާއި، ކާރާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ވީޑިއޯތަކުގެ ސަބަބުންނެވެ.
ކޮލިންސްގެ މަރު އޭނާގެ ސަޕޯޓަރުންނަށް ލިބިފައިވަނީ ވަރަށް ބޮޑު ހައިރާންކަމެއްގެ ގޮތުގައެވެ. އެއީ މަރުވިކަމުގެ ހަބަރު ފެތުރުމުގެ އެންމެ ގަޑިއިރުތަކެއް ކުރިން ވެސް އޭނާ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ޕޯސްޓުކޮށްފައިވާތީއެވެ. އޭނާ އެންމެ ފަހުން ޕޯސްޓުކޮށްފައިވަނީ އޭނާގެ ފަޔަށް ދިމާވެފައިވާ ސިއްހީ މައްސަލައަކާ ގުޅޭ ވީޑިއޯއެކެވެ. އޭނާގެ ފޭނަކު ކޮމެންޓުކުރި ގޮތުގައި "ހަޔާތް އެންމެ ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވެދާނެ" ކަމަށާއި މިއީ އެކަމުގެ ހެއްކެއް ކަމަށެވެ.