ads
އައްބާސް
އަނބިމީހާއަށް 15،000 ދީފައި މެމްބަރުންގެ އަތުގައި އެއްޗެއް ނޯވޭ: އައްބާސް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަނބިމީހާއަށް 15،000ރުފިޔާ ދީފައި ދެން ހުރި ހަރަދުތައް ކުރުމަށް ފަހު މެމްބަރެއްގެ އަތުގައި އެއްވެސް އެއްޗެއް ނޯންނަ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މުސާރަ ކުޑަވެގެން އެކަމުގެ ޝަކުވާ މިއަދު އައްބާސް މަޖިލިސްގައި ކުރެއްވީ ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދެމުން އާއި 175،000 ރުފިޔާ ކަނޑާލަމް މަޖިލިހަށް ހުށައެޅި ބިލަށް ބަހުސް ކުރައްވަމުންނެވެ. 

އަައްބާސް ވީދާޅުވީ މަޖިލީހުން ލިބޭ މުސާރައިން ކުލި ދައްކާފައި އަންހެނުނަށް 15،000 ރުފިޔާ ދިނުމުން މަޖިލީހުގެ މެމްބަރުންގެ އަތުގައި އެއްވެސް އެއްޗެއް ނޯންނަކަށެވެ. 

"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ލިބެނީ 79،700 ވަރަކަށް ރުފިޔާ [ނުވަތަ] 82،500ރ. ޓެކްސްއަށް ކަނޑާފައި. އަޅުގަނޑުމެން ގޭގެ ރެންޓު 25،000ރ. ދައްކާފައި، އެއް އަނބި ހުރިއްޔާ އެ އަނބިމީހާއަށް 15،000ރ. ދީފައި ދެން ކޮންމެ ދުވަހަކު ކޮފީއަށް 500 [ނުވަތަ] 1،000ރ. ދިޔައިމަ އަތަކު ނޯވޭ އެއްވެސް އެއްޗެއް،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ކުރީގެ ބައެއް ރައީސުން ގައުމަށް ފައިދާ ކުރަނިވި ކަންކަން ނުކުރައްވާ ކަމަށައި އެހެންކަމުން ކުރީގެ ރައީސުން އިނާތްތައް ކުޑަ ކުރަން ޖެހޭ ކަމަށެވެ.  އަދި ހަރަދު ކުޑަކުރުމަށް މަޖިލިސް މެމްބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ވެއްޖެ ނަމަ، އެކަމަށްވެޒް.  100 އިންސައްތަ ތާއީދު އެކަމަށް އޮންނާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް