2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ބެތެނީ ސާރާއެވެ. އޭނާ ރާއްޖެ އައީ ވާޖިން އެޓްލާންޓިކުގެ ލަންޑަން-މާލެ ފްލައިޓުންނެވެ. މިއީ ސާރާ ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.
ސާރާ ރާއްޖެ މި އައީ އޭނާގެ ފިރިމީހާއާ އެކު އެ މީހުންގެ ކައިވެންޏަށް ފަހު ހަނީމޫން އަށެވެ. އެ ދެމަފިރިން އެ މީހުންގެ ހަނީމޫން ދަތުރުގައި ޗުއްޓީ ހޭދަކުރާނީ އދ. އައުޓްރިގާ މޯލްޑިވްސް މާފުށިވަރު ރިސޯޓުގަ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗާއިނާ، ރަޝިއާ އިންގިރޭސިވިލާތް، ޖަރުމަން، އަދި އިޓަލީ އިންނެވެ. ތަފާސް ހިސާބުން ދައްކާގޮތުގައި ޗައިނާއިން 303،368 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ރަޝިއާ އިން 250،478 ފަތުރުވެރިން، އިނގިރޭސިވިލާތުން 177،957 ފަތުރުވެެރިން ޒިޔާރަތްކޮށްފި އެވެ. ޖަރުމަނުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 150،275 އަށް އެރި އިރު އިޓާލީން ރާެއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 129،784 ފަތުރުވެރިން ނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާގޮތުގައި މިހާރު ދުވާލަކު ހަ ހާހަށްވުރެ ގިން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރެ އެވެ.