މިލީ ވަނީ އޭނާގެ ބައްޕަ އާއެކު ނެށި ހާއްސަ ނެށުމަކީ ވަރަށް ބޮޑު އިހުސާސެއް ކުރެވުނު ވަގުތެއްކަން ފާހަގަކޮށްފަ އެވެ.
މިލީ ބުނި ގޮތުގައި، ބައްޕަ އާއި ދަރިފުޅުގެ ހާއްސަ ނެށުމުގައި އޭނާ އާއި އޭނާގެ ބައްޕަ ނަށާފައިވަނީ މަޝްހޫރު ލެޖެންޑަރީ ލަވަކިޔުންތެރިޔާ ފްރޭންކް ސިނަޓްރާގެ ލަވަތަކަށެވެ. އެއީ ވަރަށް އަސަރުގަދަ އަދި ހިތާ ގުޅިފައިވާ ވަގުތުކޮޅެއް ކަމަށް މިލީ ވަނީ ސިފަކޮށްފަ އެވެ. މި ނެށުމަކީ އޭނާގެ ހަޔާތުގައިވެސް ހާއްސަ އިހުސާސެއް ކުރެވުނު ވަގުތުކޮޅެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.
މީގެ އިތުރުން މިލީ ވަނީ އޭނާގެ ކައިވެނީގެ ހަފުލާ ސިފަކޮށްފައިވަނީ "އެމޭޒިން" އަދި "އެޕިކް" ހަފުލާއެއްގެ ގޮތުގަ އެވެ. މި ހަފުލާ އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، މަޝްހޫރު ލަވަކިޔުންތެރިޔާ ރޭ ވަނީ ލަވަ ހުށަހަޅައިދީފަ އެވެ. މިލީ އާއި ޖޭކްގެ ކައިވެންޏަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް ސަމާލުކަން ދިން ކައިވެންޏެކެވެ.