މިއީ އެފްރިކާގެ ތަފާތު ގައުމުތަކުގެ މަޝްހޫރު ޝަހުސިއްޔަތުންތަކެއް އެކީގައި ފެނިގެންދާނެ ހާއްސަ ސީރީޒެކެވެ. މި ޝޯގެ ސަބަބުން ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
މި ސީރީޒްގެ ކާސްޓުގައި ސައުތު އެފްރިކާ، ކެންޔާ އަދި ނައިޖީރިއާގެ މަޝްހޫރު އަންހެން ތަރިން ހިމެނެއެވެ. މިއީ އެފްރިކާގެ އެކި ގައުމުތަކުގައި ދައްކަމުން އަންނަ "ރިއަލް ހައުސްވައިވްސް" ގެ އެކި ސީރީޒްތަކުން ފެނިގެންދިޔަ ބައިވެރިން އެއްކޮށްލައިގެން ގެނެސްދޭ ފުރަތަމަ އެފްރިކަން އެޑިޝަން ކަމަށް މައުލޫމާތު ލިބެއެވެ.
"ރިއަލް ހައުސްވައިވްސް އަލްޓިމޭޓް ގާލްސް ޓްރިޕް: އެފްރިކާ" ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މި ޝޯ ދައްކާނީ ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ޝޯމެކްސް އިންނެވެ.