ads
އާޒިމާ ޝަކޫރު
ނުފޫޒުން މައްސަލަ ނެގިކަމަށް ޖަމީލް ވިދާޅުވުމުން އާޒިމާގެ ހޫނު ރައްދެއް
އެމްއެމްޕީއާރުސީގެ މައްސަލާގައި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާތައް ދައުލަތުން އަނބުރާ ގެންދިއުމުން އެކަމާ ގުޅުވައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަފުޅުތަކަށް އާޒިމާ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
Advertisement

އާޒިމާގެ ދައުވާތައް ނެގީ ރައީސް މުހައްމަދު މުއިއްޒުގެ ނުފޫޒުން ކަމަށް ޖަމީލު ތުހުމަތުކުރެއްވުމުން، އާޒިމާ ވަނީ ކުށުން ބަރީއަވެފައިވާ މައުސޫމް ބޭފުޅެއް ކަމަށް ޖަމީލު ވަކާލާތު ކުރައްވާ ރައީސް ޔާމީނަށް އެހީތެރިވި ކަމަށް ބުނާ މީހާ ކުށްވެރިވާން ޖެހޭ ސަބަބާ މެދު ސުވާލު އުފައްދަވައިފަ އެވެ.

މީގެ ކުރިން އާޒިމާގެ މައްޗަށް ދައުލަތުން އުފުލީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމާއި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އެވެ. ނަމަވެސް ޕީޖީ އޮފީހުން މިދިޔަ އަންގާރަ ދުވަހު އެ މައްސަލަ ނަގާފައިވާއިރު، ޖަމީލު ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ އާޒިމާއަކީ ރައީސް މުއިއްޒުގެ އާއިލީ ވަކީލު ކަމަށާއި އެކަމުގެ ނުފޫޒުން މައްސަލަ އަނބުރާ ގެންދިޔައީ ކަމަށެވެ. 

މިއަށް ޖަވާބު ދެއްވަމުން އާޒިމާ ވިދާޅުވީ "ޔާމީންގެ މައުސޫމް ކަމަށް ޖަމީލު ހުރިހާ ކޯޓުތަކެއްގައި ވަކާލާތު ކުރައްވާއިރު، އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ޝައްކުކުރެވޭ ފައިސާ ދައުލަތާ ހަވާލުކުރަން އުޅުނު މީހާ މުޖުރިމަކަށް ހަދަން ޖަމީލު އުޅުއްވުމަކީ ގާނޫނީ ގޮތުން ޖަމީލުގެ ވިސްނުންފުޅު އެކި ދުވަހު އެކި ގޮތަށް ހުންނަކަން ހާމަވާ ކަމެއް،" ކަމަށެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގައި އާޒިމާ ހުންނެވިއިރު، އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ޝައްކުކުރެވޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަނުމުން، އެ ފައިސާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން ލަފާދެއްވީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އާޒިމާ ފާހަގަކުރެއްވި އެވެ. އަދި އޭނާގެ މައްސަލަ ނެގުމަށް ރައީސް މުއިއްޒުގެ އެއްވެސް ނުފޫޒެއް ނެތްކަން ހާމަކުރައްވައި، އާޒިމާ ވިދާޅުވީ ދައުވާ އަނބުރާ ގެންދިޔައީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މައްސަލަތައް ރިވިއުކުރުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ހުށަހަޅައިގެން ކަމަށެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި، ދައުވާ ލިބޭ މައިގަނޑު މީހާގެ މައްޗަށް ކުށް ސާބިތުނުވާއިރު، އެހީތެރިވި ކަމަށް ބުނާ މީހާގެ މައްޗަށް ދައުވާ ނުކުރެވޭނެކަން އާޒިމާ ފާހަގަކުރެއްވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް