ads
މޫޑީސް
މޫޑީސްއިން ރާއްޖޭގެ ރޭޓިން އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި
އިންޓަނޭޝަނަލް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހެއްޓި ނަމަވެސް، ކުރިން ކަނޑައަޅާފައި އޮތް "ނެގެޓިވް އައުޓްލުކް" ބަދަލުކޮށް، އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފިއެވެ.
Advertisement

މި ބަދަލު ގެނެސްފައިވަނީ މިއަދު އެ އޭޖެންސީން އާންމުކުރި ބަޔާނެއްގައެވެ.

މީގެ ކުރިން، މި ސަރުކާރުގައި މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ނުރައްކާ އޮތްކަން ފާހަގަކޮށް ރޭޓިން ދަށްކޮށްފައެވެ. އެފަހަރު ރޭޓިން ބަދަލުކުރީ ސީއޭއޭ1 އިން ސީއޭއޭ2 އަށެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހު ނެރުނު އަޕްޑޭޓުގައި ވެސް އެ އޭޖެންސީން ނިންމީ ރޭޓިންއަށް ބަދަލެއް ނުގެނެސް، ސީއޭއޭ2 ގައި ހިފެހެއްޓުމަށެވެ.

މިއަދު މޫޑީސްއިން ނެރުނު ބަޔާނުގައި ވާގޮތުން ރާއްޖޭގެ ރޭޓިން އަނެއްކާވެސް ސީއޭއޭ2 ގައި ދެމެހެއްޓީއެވެ. އެހެންނަމަވެސް، ކުރިން އޮތް 'ނެގެޓިވް' އައުޓްލުކް، 'ސްޓޭބަލް' އަށް ބަދަލުކުރުމަކީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތާ ގުޅޭގޮތުން އެ އޭޖެންސީން ދެކޭ ގޮތަށް އައި ރަނގަޅު ބަދަލެއްކަމަށް ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް