ދިއްދޫ އިސްލާމީ މަރުކަޒަށް ނަން ދީފައި ވަނީ ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ޝަހީދު އުމަރު އަހްމަދުގެ ނަމަށް ނިސްބަތްކޮށެވެ. އޭރު މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި އުމަރު އަހްމަދަކީ ދިއްދޫ ރައްޔިތެެކެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައި
މިއަދުގެ ހުކުރު ނަމާދާއިއެކު ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަު ޝަހީމް އަލީ ސައީދުއެވެ. ދިއްދޫ އިސްލާމީ މަރުކަޒުގައި މިއަދު އިމާމުވެ ހުކުރު ނަމާދުކުރެއްވީވެސް ޑރ. ޝަހީމްއެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުހާނާ އަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުރެއެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގައި ހުންނަ އިސްލާމީ ކުތުބުހާނާ
50 މިލިއަންގެ މި އިސްލާމީ މަރުކަޒު ހެދުމުގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. އެއްފަހަރާ 1،500 މީހުންނަށް ނަމާދު ކުރެވޭ ޖާގައާއެކު ބިނާކޮށްފައިވާ މި މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، ދެ ސެމިނާ ރޫމާއި އޮފީސް ޖާގަވެސް ހިމެނެއެވެ. މީގެއިތުރުން 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސްރޫމްވެސް މި މަރުކަޒުގައި ހުރެއެވެ.