މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ވިލިމާލޭގައި ހުރި ޒަމާންވީ ނިކަ ދެ ގަސް ކަނޑާލުމަށް ސަރުކާރުން ނިންމުމުން އެކަމާއި ދެކޮޅަށް ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.
މިނިސްޓަރު ޝަހީމް 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުންނަށް ހިޔާ ނުވަތަ މޭވާއާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އިސްލާމްދީން ބާރު އަޅާ ކަމަށެވެ.
އެހެން އެކަން އޮތް ނަމަވެސް އާންމު އުނދަގުލަކަށްވާ ގޮތަށް، ނުވަތަ މީހުންގެ ގެދޮރަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާގެއްސާއި އެ ގަސްގަހުގެ ގޮފިތަކާއި މޫތައް، ގެއްލުމުގެ މިނަށް ބަލައި ކެނޑުން ލާޒިމުކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެކަމުން ސަވާބު ލިބޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ވަނީ ވިލިމާލޭގައި ދެ ނިކަގަސް ނަގައި، އޭގެ ބަދަލުގައި 300 ގަސް އިންދަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;