މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަހުގެ 25 ވަނަ ދުވަހު ފުރަތަމަ ޑްރެޖަރު ގެނެސްފައިވާއިރު، މިއަދު އިތުރު ޑްރެޖަރެއް ގެނައުމާއެކު މަސައްކަތުގެ ސްޕީޑު ވަނީ ދެގުނަ އިތުރުކުރެވިފައެވެ. އެމްއޭސީއެލްއިން މައުލޫމާތު ދޭ ގޮތުގައި، 21،000 ސީބީއެމްގެ ކެޕޭސިޓީ ހުރި މި ޑްރެޖަރުތަކުގެ ތެރެއިން ކޮންމެ ޑްރެޖަރަކުން ދުވާލަކު ތިން ބުރު ޖަހާނެއެވެ. އެއާއެކު، ދެ ޑްރެޖަރުން ދުވާލެއްގެ މައްޗަށް ޖުމްލަ 126،000 ސީބީއެމްގެ ވެލި އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތް ދެގުނަ އަވަސް ވުމާއެކު، އަންނަ ފެބްރުއަރީ މަހުގެ މެދެއްހާ ތަނަށް ހުޅުމާލެ ފޭސް 3 ހިއްކާ ނިންމާލެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.