ads
ރައީސް މުއިއްޒު
ވިއްސާރައާއި އަލިފާނުގެ ހާދިސާތައް: އަވަށްޓެރި، އެކުވެރި ގައުމުތަކަށް ރައީސްގެ ތައުޒިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަށްޓެރި ސްރީ ލަންކާއަށާއި އިރު ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރިމަތިވި ވިއްސާރައިގެ ހާދިސާތަކާއި ޗައިނާގެ ހޮންގް ކޮންގްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ތައުޒިޔާ ފޮނުއްވައިފި އެވެ.
Advertisement

ރައީސް ވިދާޅުވީ މިފަދަ ކާރިސާތަކުން މޫސުމީ ބަދަލުތަކުގެ ނުރައްކާތެރިކަން ހަނދާންކޮށްދޭ ކަމަށާއި މި ހިތާމަވެރި ވަގުތުގައި ރާއްޖެއިން އެ ގައުމުތަކުގެ ރައްޔިތުންނާއެކު ދެމިތިބޭނެ ކަމަށެވެ.

ސްރީ ލަންކާއަށް ފާއިތުވި ދެ ދުވަހުގެ ތެރޭގައި ރެކޯޑު މިންވަރަކަށް ވާރޭ ވެހި ގިނަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން 300 މިލިމީޓަރުގެ ވާރޭ ވެހުމާ ގުޅިގެން އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ ރެޑް އެލާޓު ނެރެފަ އެވެ. ލަންކާއަށް ހާއްސަ ތައުޒިޔާގެ މެސެޖެއް ފޮނުއްވަމުން ރައީސް ވިދާޅުވީ ލަންކާގެ ރައްޔިތުންނަށް ކުރިމަތިވި ހިތްދަތި ދަނޑިވަޅުގައި ދިވެހިންގެ ހެޔޮ ދުއާތައް އެމީހުންނާ އެކުވާނެ ކަމަށެވެ. މީގެ އިތުރުން ވިއްސާރައިގެ އަސަރުކުރި ތައިލެންޑް ވިއެޓްނާމް އަދި އިންޑޮނޭޝިއާއަށް ކުރިމަތިވި ގެއްލުންތަކާ މެދުވެސް ރައީސް ވަނީ ހިތާމަފާޅުކުރައްވާފަ އެވެ.

ހޮންގް ކޮންގްގެ ޓައި ޕޯގައި ހުންނަ ވޭންގް ފުކް ޓަވަރުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީވެސް ވަރަށް ބޮޑު ހިތާމައެކެވެ. މި ހާދިސާގައި 128 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން އަދިވެސް ގެއްލިގެން ހޯދަމުން އެބަދެ އެވެ. ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށާއި ޗައިނާ ސަރުކާރަށާއި ހާދިސާގައި އަނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ. މި ހާދިސާގައި އިމާރާތްތައް މަރާމާތު ކުރުމުގެ މަސައްކަތުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތުގައި ކަމާ ބެހޭ ކުންފުނީގެ ވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް