ads
ވެލިދޫގައި އެކްސްރޭގެ ހިދުމަތް ފެށުން
ވެލިދޫ އާއި ހޮޅުދޫގައި އެކްސްރޭގެ ހިދުމަތް ފަށައިފި
ނ. އަތޮޅުގެ ވެލިދޫ އަދި ހޮޅުދޫގައި ހިންގާ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް މިއަދުން ފެށިގެން ދޭން ފަށައިފި އެވެ.
Advertisement

މި ދެ ރަށުގައި މިއަދު ބޭއްވި ދެ ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. މި ހިދުމަތުގެ ސަބަބުން މި ދެ ރަށާއި އަދި އަވައްޓެރި ރަށްތަކުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ހެލްތު މިނިސްޓަރު ނާޒިމްގެ ނ. އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ސިއްހީ ހިދުމަތަށް އިތުރު ކުރިއެރުންތަކެއް ވަނީ ހޯދައިދެއްވައިފަ އެވެ. އެގޮތުން މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކުރި އައިސީޔޫގެ ހިދުމަތް ރަސްމީކޮށް ފެށުމާއި، ނ. ލަންދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ފުޅާކުރުން ހިމެނެ އެވެ. މިއީ ސަރުކާރުން ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ވަނީ ނ. އަތޮޅުގެ ސިއްހީ ދާއިރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހިދުމަތްތައް އިތުރަށް ފުޅާކުރުމާއި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. ސަރުކާރުން ދަނީ އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، ބައެއް މަރުކަޒުތައް ޓާޝިއަރީ ހޮސްޕިޓަލު ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް