ފުލުހުން ބުނީ މި އެކްސިޑެންޓް ހިންގާފައި ވަނީ ހައިވޭގައި މާލެއިން ހުޅުމާލެއަށް ދާ ލޭންގެ ހަތަރު ލޭން ނިމޭ ހިސާބުގައި ކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެދުނު 9:00 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެެވެ.
މި ހާދިސާ ހިންގާފައިވަނީ ސައިކަލަކާއި ޕިކަޕެއް ޖެހިގެން ކަމަށާއި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 28 އަހަރު ދިވެހި ފިރިހެން މީހާގެ އިތުރުން ސައިކަލު ފަހަތުގައި އިން 22 އަހަރުގެ އިންޑިޔާ އަންހެނަކަށް ކަމަށް ފުލުހުން ހާމަ ކުރެ އެވެ.
މި ދެ މީހުންނައް މިހާރު ދަނީ އައިޖީއެމްއެޗްއިން ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ފާހަގަ ކުރި ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ދިވެހި ޒުވާނާގެ ކަނާތު ކޮނޑު ހުޅު ނެއްޓި އެކިވަރުގެ އަނިޔާވެފައިވާ އިރު އިންޑިޔާ އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމުގަ އެވެ.
ފުލުހުން ބުނީ މިހާރު މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެެވެ.