މި ގޮފި ހުޅުވާފައިވަނީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެ ގޮފި ހުޅުއްވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމުއްޝައިހް މުހައްމަދު ލަތީފެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ވެރިންނާއި ދިއްދޫ ކައުންސިލްގެ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.
ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ހިންގާ ތަފާތު ކޯސްތައް މި ގޮފި މެދުވެރިކޮށް ދިއްދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވުމާއެކު، މާލެއިން ބޭރުގައި ގާއިމްކުރެވުނު ފުރަތަމަ އިސްލާމީ ކުތުބުހާނާ ވެސް ވަނީ އެތަނުގައި ހުޅުވާފައެވެ.