ads
މައީދު---
76 ބިދޭސީއަކަށް މޯބައިލް ފްލޫ ކްލިނިކުން އެހީތެރިކަން ފޯރުކޮށްދެވިފައިވޭ
76 ބިދޭސީއަކަށް މޯބައިލް ފްލޫ ކްލިނިކުން އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ރެޑް ކްރެސެންޓުގެ ޕްރޮގްރާމު އެންޑް ސާވިސް މެނޭޖާ މައީދު މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައީދު ވިދާޅުވީ މާލޭގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި އަދި އެންއީސީގެ މެޑިކަލް ކްލާސްޓާއާއެކީ މޯބައިލް ފުލޫ ކްލިނިކެއް މައިގްރޭޓުންނަށް ހިންގަމުންދާ ކަމަށެވެ.

އެގޮތުން 76 ފަރާތަކަށް މޯބައިލް ކްލިނިކުން އެހީތެރިކަން ފޯރުކޯށްދީފައިވާ ކަމަށް މައީދު ވިދާޅުވިއެވެ.

މައީދު ވިދާޅުވިގޮތުގައި ސައިކޯ ސޯޝަލް ސަޕޯޓު (ޕީއެސްއެސް)ގެ 1547 ފަރާތަނަށް ދީފައިވެއެވެ. އޭގެ ތެރޭގައި 1425 އަށް މިހާރު 185 ކޯލަށް ޖަވާބު ދީފައިވާ ކަމަށް ވެސް މައީދު ވިދާޅުވިއެވެ. 

މައީދު ވިދާޅުވީ އެޕީއެސްއެސް އޮފަރޭޝަނުގައި ސައިކޯ ސޯޝަލް ތަމްރީނު ލިބިފައިވާ 46 ވޮލެންޓިއަރުން ބައިވެރިވެފައިވާ ކަމަށެވެ.

"މި ޕީއެސްއެސް އޮޕަރޭޝަނުގައި ސަޕޯޓު ގްރޫޕްސް ވެސް ހިންގާކަން، ސަޕޯޓްސް ގްރޫޕަކީ އަޅުގަނޑުމެން އޮންލައިންކޮށް، ކަރަންޓީނު ފެސިލިޓީތަކުގައި ތިބި އަދި ރެޕިޑް ރެސްޕޯންސް ޓީމުގެ ފަރާތްތަކަށް ވެސް އަޅުގަނޑުމެން އެހީތެރިކްނ އެބަ ފޯރުކޮށްދެން" މައީދު ވިދާޅުވިއެވެ.

މައީދު ވިދާޅުވީ 49 އޮންލައިން ޓްރޭނިން މިހާރު ހިންގާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އޮންލައިންކޮށް ހިންގާ ސައިކޯ ސޯޝަލް ޓްރޭނިން ތަކާއި ކޮވިޑް އެވެއާނެސް ޓްރޭނިންތައް ހިމެނޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް