މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައީދު ވިދާޅުވީ ސަރުކާރާ ގުޅިގެން ކަލާފާނު ސުކޫލުގައި ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ ވެއާ ހައުސްއެއް ގާއިމް ކުރެވިފައިވާ ކަމަށެވެ.
އެތަނުން، ކެއްކޭގޮތަށް ހުރި ތަންތަނަށް ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށާއި ކެއްކޭނެ ގޮތް ނެތް ފަރާތްތަކަށް އެކި ދިމާ ދިމާލުން ރެޑް ކްރެސެންޓާ އެކީ މަސައްކަތް ކުރާ ޑެލިވަރީ ނެޓްވޯކްތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މައީދު ވިދާޅުވިއެވެ.
އެގޮތަށް މިހާރު ގާތްގަނޑަކަށް ދިވެހި ރެޑެސެންޓުގެ ފަރާތުން 8452 މީލް ޕެކެއް ޑެލިވާކޮށްދެވިފައިވާ ކަމަށް މައީދު ވިދާޅުވިއެވެ.