ފުލުހުން ބުނީ 2:28 ހާއިރު މަކުނުދޫ އިން ޑިންގީއެއްގައި ތިން މީހުންނާއެކު ނޭކުރެންދޫއަށް ކައިރިކޮށް އެ ރަށަށް އެރި މައްސަލައާ ގުޅިގެން ތިން މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ތިން މީހުން ފެނިފައިވަނީ ނޭކުރެންދޫގައި ފުލުހުން ޕެޓްރޯލްކުރަމުންދަނިކޮށް ރަށުގެ ފުއްޓަރު ފަރާތު ފަޅުތެރެއަށް ޑިންގީ ކައިރިކޮށް ރަށަށް ފައިބަނިކޮށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ދެ ފިރިހެނުންނާއި 32 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ މި ތިން މީހުންނަކީ ވެސް ދިވެހިން ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.