މި އަހަރުގެ މާޗު 20 ވަނަ ދުވަހު އޭދަފުށީގައި ހުޅުވި "މަސްޖިދުލް މުހައްމަދު އަލީ" ގެ ބާނީ މުހައްމަދު އަލީ އުމުރުން 91 އަހަރުގައި އިއްޔެ ނިޔާވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން އަންނަނިކޮށެވެ.
އޭނާ ނިޔާވިޔާ 24 ގަޑިއިރުވެސް ނުވަނީސް މިއަދު ވަނީ އޭނާގެ ހައްގަށް ހުރި އަންހެން ކޮއްކޮ އައިމިނަތު އަލީ ނިޔާވެފައެވެ. އުމުރުން 85 އަހަރުގެ އައިމިނަތު އަލީ ނިޔާވީ ފައި ބިނދިގެން ފަރުވާކުރަމުން އަންނަތާ އަށެއްކަ އަހަރަށް ފަހު، ބަލިވެ އުޅުމަށް ފަހުއެވެ.
އައިމިނަތު އަލީ ނިޔާވިއިރު ހަތަރު ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަދި ކޮއްކޮ ނިޔާވީއިރު އެ އާއިލާގެ ގިނަ މީހުން ތިބީ ބޭބެގެ ޖަނާޒާއަށް އިންޑިއާގައެވެ.
މުހައްމަދު އަލީ އެނާ ބިނާކުރެއްވި މިސްކިތުގެ ބިންގާ އެޅި ދުވަހު އެތަނުގައި މަޑުކޮށްލައިގެން
އަކީ އޭދަފުށީގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާ އެންމެ ހަރަކާތްތެރި ދުވަސްވަރު އަމިއްލަ މަސްދޯނިފަހަރާއި މުދާ އުފުލާ ދޯނިފަހަރު ގެންގުޅުއްވި އެވެ. އޭދަފުސީގައި އެންމެ ފަހުން ހުޅުވި އެ މިސްކިތް ބިނާކުރީ، ވިޔާފަރިވެރިޔެއް ކަމަށްވާ މުހައްމަދު އަލީގެ ހަރަދުގައެވެ.
މީގެ ހަތަރު އަހަރު ކުރިން އަމަލީ މަސައްކަތް ފެށި އެ މިސްކިތް ގިނަ ބަޔަކަށް ކަމުދިޔައީ، ރާއްޖޭން އާންމުކޮށް ނުފެންނަ ހިތްގައިމު އިސްލާމީ ޑިޒައިނަކަށް މި މިސްކިތް ހުރުމުންނެވެ.
މުހައްމަދު އަލީގެ އަމިއްލަ ހަރަދުގައި އިމާރާތްކޮށް، އޭނާގެ ނަން ދީފައިވާ 1،200 އެއްހާ މީހުންގެ ޖާގައިގެ މިސްކިތް ހުޅުއްވައި ދެއްވީ އެ އާއިލާއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހުމަަދު އަންވަރެވެ.