ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ/މަޖިލިސް
ފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު ދެ އަހަރަށް އިތުރުކުރާ ބިލު ފާސްކޮށްފި
ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމްކޮށްފައިވާ މުއްދަތު ދެ އަހަރު ދުވަހަށް އިތުރުކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމު ހުށަހެޅުއްވި އިސްލާހުގެ މަސައްކަތް މާލިއްޔަތު ކޮމެޓީގައި ކުރިއަށް ގެންގޮސް މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ތަޅުމުން ވެސް ފާސްކޮށްފަ އެވެ. އިސްލާހު ފާސްކުރުމަށް 58 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުން ނެވެ.

މި ސަރުކާރުން ހުށަހަޅައި، މިދިޔަ އަހަރު ފާސްކުރި ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައްވައި، ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ޖެހެ އެވެ.

އޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރުގެ ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމެވެ.

އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވަނީ، ގާނޫނުގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު، ކުރިން އޮތް ހަ މަސް ދުވަހުގެ ބަދަލުގައި 24 މަސް ދުވަހަށް އިތުރުކުރުމަށެވެ. 

މީގެ އިތުރުން، އެ ގާނޫނުގައި ރިޔާސީ ދައުރެއް ހިންގަން ފަށާ މުއްދަތަކީ 18 މަސް ދުވަސް ކަމަށް ކަނޑައަޅާފައިވާ މާއްދާ އުނިކުރަން ވެސް، ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖުކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް