މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރެޑް ކްރެސެންޓުންގެ ސެކެރެޓަރީ ޖެނެރަލް ފާތިމަތު ހިމްނާ ވިދާޅުވީ ރެޑް ކްރޮސެންޓުގެ އެއްވެސް މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް އެކި ފަހަރު ނުރައްކަލަށް ހުށަހެޅުމުގެ ސަބަބުން ގޭގައި އައިސޮލޭޓުވުމާއި އަދި ކަރަންޓީނު ފެސިލިޓީއަށް ވެސް ބައެއް ކުދިން ގެންދެވިފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މައީދު ވިދާޅުވީ ތިން ކޮލެންޓިއަރެއް ކަރަންޓީނު ފެސިލިޓީގައި އެބަތިބި ކަމަށެވެ. އަދި 14 ވޮލެންޓިއަރުން ހޯމް ކަރަންޓީނުގައި އެބަތިބި ކަމަށް ވެސް މައީދު ވިދާޅުވިއެވެ.
އޭގެ އިތުރުން މީގެ ކުރީގައި ހޯމް ކަރަންޓީނުގެ މުއްދަތު ނިމިގެން އިތުރު ހަތަރު ވޮލެންޓިއަރެއް މަސައްކަތަށް އަނބުރާ ނިކުމެފައިވާ ކަމަށެވެ.