ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ސްކޫލަތަކުގެ ޔުނީފޯމް 4 ކުލަޔަކަށް ބަދަލުކުރަނީ، ނޫކުލަވެސް ހިމެނޭ
ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމަށް ކުލަތައް އަންނަ އަހަރުން ފެށިގެން ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑީއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ޔުނީފޯމް ހަތަރު ކުލަޔަކަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދު ހިމެނޭނެކަމަށާއި އޭގެ އިތުރުން ދެން ހިމެނޭނީ ނޫކުލަކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ މި ބަދަލާއި އެކު ޔުނީފޯމްގެ ގަމީހުގެ ކުލައަކީ ހުދު ނޫނީ މަޑު ފެހި ނޫނީ މަޑު ރަތް ކުލަ މިތަނުން ކޮންމެ ކުލަޔަކަށްވެސް ެއެ ސްކޫލަކަށް ބަދަލުކުރެވިދާނެކަމަށެވެ. އެހެންނަމަވެސް ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ޔުނީފޯމަށް އަންނަ ބަދަލުތަކާއި އެކު ދަރިވަރުން ޔުނީފޯމް އެޅުމުގައި އެކުއްޖަކަށް ފަސޭހަ ގޮތްތަކެއް އިހްތިޔާރު ކުރެވޭނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. އެގޮތުން ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ޔުނީފޯމަށް އަންނަ ބަދަލާއި އެކު އެކްޓީވިޓީ ޔުނީފޯމްވެސް ތައްވެސް ބަދަލުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް