ads
އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުކޮޅުގައި
އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ކާރުގައި!
ސިނަމާލެ ބްރިޖު މަތީ މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނުގެ ކާރުގައި ހޮސްޕިޓަލަށް ގެންގޮސްދީ، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައިފި އެވެ.
Advertisement

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ބުރިޖު މަތިން ޖެހި، އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 18:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށެވެ. ދެ މީހުންގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ގެއްލުންވި ކަމަށާއި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި ވަގުތު މިނިސްޓަރު އިހުސާން ވެސް ދިޔައީ މާލެއިން ހުޅުމާލެއަށް ރަސްމީ ކާރުގައި ދަތުރުކުރައްވަމުންނެވެ. އަދި ހާދިސާ ހިނގި ތަން ފެނިވަޑައިގަތުމުން އިހުސާން ވަނީ ކާރު ހުއްޓަވާ، އެކްސިޑެންޓުގައި އަނިޔާވި މީހާ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް އެ ކާރުގައި ގެންދިއުމަށް ފުރުސަތު ދެއްވައިފަ އެވެ.

ސިނަމާލެ ބްރިޖަކީ މުޅި ރާއްޖޭގައި ވެސް އެންމެ ގިނައިން އެކްސިޑެންޓު ހިނގާ އެއް ތަނެވެ. ބްރިޖުގައި ހިނގި އެކްސިޑެންޓުތަކުގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް