ads
ނަސްރީން
ޕީއެސްއެމުން ވަކިވި ނަސްރީނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފި
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދިން، އިބްރާހީމް ނަސްރީނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.
Advertisement

ނަސްރީނު އައްޔަންކުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށެވެ. އެނގިފައިވާގޮތުގައި ނަސްރީނު އިއްުޔެ ވަނީ އެމިނިސްޓްރީގެ މަސައްކަތައް ނުކުނަން ފަށާފައެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން އިސްތިއުފާ ދިނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާއަކީ މި ސަރުކާރުގައި ޕީއެސްއެމަށް އައްޔަން ކުރެއްވި ތިން ވަނަ އެމްޑީ އެވެ. ކުރިން އެ މަގާމު ފުރުއްވީ ޒީނާ ޒާހިރާއި މުހައްމަދު ސައީދެވެ. އެ ދެ ބޭފުޅުން ވެސް އެކި ސަބަބުތަކާ ހެދި ވަކި ހިސާބަކުން އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ނަސްރީން އެމްޑީގެ މަގާމަށް ހަމަޖެއްސީ އެ މަގާމުގައި ޒީނާގެ ފަހުން ހުންނެވި މުހައްމަދު ސައީދު އިސްތިއުފާ ދިނުމާ ގުޅިގެން ޑިސެމްބަރު 2024، ގަ އެވެ. 

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން އޭނާ ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް